މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މިސްކިތްތަކުގައި ފިންގަރޕްރިންޓް ރީޑަރ ބަހައްޓައި ނެޓްވާރކެއް އަޅައިދޭނެ ފަރާތެއް ހޯދަން

އިމާމުންގެ ހާޒިރީ ބެލެހެއްޓުމަށް މިސްކިތްތަކުގައި ފިންގަރޕްރިންޓް ރީޑަރ ބަހައްޓައި ނެޓްވާރކެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު IUL)142-E1/1/2015/107) ނަންބަރު އިޢުލާނާ ގުޅިގެން މަޢުލޫމާތުޝީޓުގައި ފުރިހަމަ މަޢުލޫމާތު ހިމެނިފައި ނެތުުމުންނާއި، އަގުތައް ތަންކޮޅެއް ބޮޑުކަމަށް ފެންނާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 5 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 10 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 އަށެވެ.

13 ޛުލްޙިއްޖާ 1436

27 ސެޕްޓެންބަރު 2015
ހޯދާ