ކެނދިކުޅުދޫ ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން

އިޢުލާން

  2026 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމާގުޅޭ:

1 ޖެނުއަރީ 2026 ން 31 ޑިސެމްބަރ 2026 ށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 އޮކްޓޯބަރ 2025 ވާ ބުރާސްފަތި  ދުވަހުގެ 13:00ގެ ކުރިން އެޓޭޗްކުރެވިފައިވާ  ލިންކް މެދުވެރިކޮށް  ނުވަތަ އީމެއިލް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ވާ ހުރިހާ ފަރާތްތަކަށްވެސް ބިޑް ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.

  1. ރަޖިސްޓްރީ ވާ ފަރާތުގެ ނަން:
  2. ރެޖިސްޓްރީ ނަންބަރ
  3. އީ މެއިލް އަދި ގުޅޭނެ ފޯން ނަންބަރ

އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 9 ނޮވެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 11:30ގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި ކެނދިކުޅުދޫ ސްކޫލްގައެވެ.   ކަނޑައެޅިފައިވާ ތާރީޚް ގެ ކުރިން ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 12:00 އަށް 6560546 ނަންބަރު ފޯނާއެވެ.  އީމެއިލް ކުރައްވާނަމަ [email protected]  ށް މެއިލް ކުރެއްވުން އެދެމެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.gle/jYrznngU8oZPbaYs5

27 އޮކްޓޫބަރު 2025
ހޯދާ