ދިވެހިރާއްޖެ
ހއ. އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ރަސްތަރި ޤުރްއާން މުބާރާތް 2025" ގައި މިކައުންސިލުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ނޮވެންބަރު 27 އިން 29 އަށް ހއ. އިހަވަންދޫގައެވެ. މި މުބާރާތް ކުރިއަށް ގެންދަނީ 03 ރައުންޑަކަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ ރަށަކުންވެސް ބައިވެރިކުރެވޭނީ 10 ބައިވެރިންނެވެ.
އެގޮތުން މި މުބާރާތަށް ވާދަކުރާނެ ފަރާތްތަށް ކަނޑައެޅުމަށް ބާއްވާ އޮޑިޝަން 2025 ނޮވެންބަރު 03 ވާ ހޯމަ ދުވަހު ހއ.ކެލާގައި އޮންނާނެވެ.
ވީމާ މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 31 އޮކްޓޫބަރު 2025 ވާ ހުކުރު ދުވަހުގެ 18:00 ގެ ކުރިން އޮޑިޝަންގައި ބައިވެރިވުމަށްއެދި އޮންލައިންކޮށް ފޯމު ފުރުއްވައި ހުށައެޅުއްވުން އެދެމެވެ. މި ޢިއުލާނާއި އެކު މި މުބާރާތުގެ ގަވާއިދު އާންމުކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9953295 އާއި ގުޅުއްވުމަށް ދަންނަވަމެވެ.
އޮންލައިން ފޯމު ލިންކު: https://forms.office.com/r/GdHCnTGqC2
