ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން
މިރަށު މަތިރަތްމާގެ އާމިނަތު މަތީނާ އަށް ދޫކުރުމަށް ހަމަޖެހިފައިވާ ނަންބަރު 10 ޖަހާފައިވާ ބަންޑާރަ ގޯއްޗަށް އަރާފައި ހުރި ވެރިއަކު ނޭނގޭ 05 ރުކުގެ ވެރިއަކުވާނަމަ މިއަދުން ފެށިގެން 2025 ނޮވެންބަރު 07 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ދުރުވެ މަޢުލޫމާތު ދެއްވުން އެދެމެވެ. މި ގޯތި އޮންނަނީ މިރަށު ލީމާ ފަތުހުﷲ ތަވުފީޤު ގޭ އިރުން އޮންނަ މަގުގެ އިރުން ގުލްފާމުގެ ސަމާ އަހުމަދަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އިރުންނެވެ. މިރުއްތަކުގައި 01 ން 05 ށް ރަތްކުލައިގެ ސްޕްރޭން ނަންބަރު ޖަހާފައި ހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
27 އޮކްޓޫބަރު 2025
ހޯދާ
