ދިވެހިރާއްޖެ
ދިފާއީ ވުޒާރާގެ ފަރާތުން ވޭމަންޑޫގައި ކޮމްޕޮސިޓް ޕޯސްޓެއް ޤާޢިމް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބިމާއި، ބިމުގެ ވަށައިގެންވާ މަގުތައް ހެދުމުގެގޮތުން އެބިމަށް އަރާ ރުއްގަހާއި، ވަށައިގެންވާ މަގުމަގަށް އަރާ ރުއްގަހުގައި ނަންބަރު ޖަހާފައިވާނެއެވެ. މިކަމަށް ހަމަޖެހިފައިވާ ބިމަކީ، ވޭމަންޑޫގެ މިރިހިމަގުގެ ހުޅަނގުކޮޅުން އެމަގާއި އިންވެގެން ދެކުނުން، އައި.ސީ.ޕީ މަގުގެ ހުޅަނގުން، ކުރިމަގުގެ އުތުރުން، ރަށުގެ ހުޅަނގުފަރާތު ގޮނޑުދޮށާއި ކައިރިން އޮތް ހުސްބިމެވެ.
ވީމާ، ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 06 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ވޭމަންޑޫ ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ. އަދި މިދެންނެވި ރުއްގަހުގެ ތެރެއިން ޤާނޫނާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި ރުއްގަސް އިންދި ފަރާތްތަކުން ރުއްގަސްތައް، 13 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް އިންދާފައިހުރި ރުއްގަހާއި ތަކެތި މިކައުންސިލުން ނަގައި ނައްތާލެވޭނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
