މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މަސްވެރިކަމާއި ކަނޑުފަޅުގެ ވަސީލަތްތަކުން އުފައްދާ ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތަކުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ރަޖިސްޓްރީކުރުން

އިޢުލާން: މަސްވެރިކަމާއި ކަނޑުފަޅުގެ ވަސީލަތްތަކުން އުފައްދާ ތަފާތު އެކި ބާވަތްތަކުގެ  އުފެއްދުންތަކުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ރަޖިސްޓްރީކުރުން.

މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯއެމްޕީސީ) އިން ދިވެހިރާއްޖޭގެ މަސްވެރިކަމާއި ކަނޑުފަޅުގެ ވަސީލަތްތަކުން އުފައްދާ ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތަކުގެ ދާއިރާގައި  ހަރަކާތްތެރިވާ އެންމެހައި ފަރާތްތައް މިކުންފުނީގައި ރަޖިސްޓަރީކުރުމަށް ހުޅުވާލަމެވެ.

އެމްފޯއެމްޕީސީއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތިން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، ދިވެހި މުޖުތަމައަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަންކުރުމަށާއި އަކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހައި ވަސީލަތްތައްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތައް، ބައިނަލްއަޤުވާމީ ބާޒާރުގައި އާއި ރާއްޖޭގެ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމާއި  އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަންކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ސަރުކާރުގެ ސައްތައިން ސައްތަ ކުންފުންޏެކެވެ. ހަމަ މިއާއެކު ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ވަކި ހާއްސަ ބްރޭންޑެއް ތަޢާރަފްކޮށް، އެ ބްރޭންޑްގެ ދަށުން މަސްވެރިކަމާއި ކަނޑުފަޅުގެ އެންމެހައި ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް މާރކެޓްކޮށް ޕްރޮމޯޓްކުރުމުގެ ޒިންމާ ވެސް މަތިކުރެވިފައިވާ ކުންފުންޏެކެވެ.

މިދެންނެވި މަގުސަދު ހާސިލްކުރުމަށްޓަކައި،  މަސްވެރިކަންކުރާ ފަރާތްތަކާއި، މަސް ޕްރޮސެސްކުރާ ފަރާތްތަކާއި، މަސް އެކްސްޕޯޓްކުރާ ފަރާތްތަކާއި، އެކުއަކަލްޗަރ އަދި މެރިކަލްޗަރ އޮޕަރޭޓަރުންނާއި، ވިޔަފާރިވެރިންނާއި، ކޯޕަރޭޓިވް ސޮސައިޓީތަކާއި، ޖަމްޢިއްޔާތަކާއި މިދާއިރާގައި ހަރާކަތްތެރިވާ ގުޅުންހުރި ހުރިހާ ފަރާތެއްގެ ޑޭޓާ ބޭސްއެއް ނުވަތަ ދަތްތަރެއް އެކުލާވާލުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މަތީގައި ބަޔާން ކޮށްފައިވާ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެންމެހައި ފަރާތްތައް މިކުންފުނީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލަމެވެ. 

ރަޖިސްޓަރީވާންވީ ކީއްވެ؟

މަސްވެރިކަމުގެ ޤައުމީ ޕްރޮމޯޝަން ނެޓްވޯކުގެ ބައިވެރިއަކަށްވުން.

ބައިނަލްއަޤްވާމީ ބްރޭންޑިންގ އަދި މާރކެޓިންގ ސަޕޯޓް ލިބުމުގެ ފުރުސަތު ފަހިވުން. 

މަސްވެރިކަމުގެ ހަރުދަނާ  ތަޞައްވުރެއް ބިނާކުރުމުގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު ލިބުން.

ކުރިއަށް ހުރިމަޝްރޫޢުތަކާއި، ޙަރަކާތްތަކާއި، ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ލިބި، އޭގައި ބައިވެރިވުމުގެ ފުރުސަތު ލިބުން.

 

ރަޖިސްޓަރީކުރުމުގެ ތަފްޞީލު :

ރަޖިސްޓްރީކުރުން ހުޅުވާލެވިފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުން އުފައްދާ ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތަކުގެ ހަރަކާތްތެރިވާ  އެންމެހައި ފަރާތްތަކަށް.

 

ރަޖިސްޓްރީވުމަށްޓކައި ތިރީގައި ދެވިފައިވާ ލިންކުގައި ވާ ފޯރމް ފުރުއްވާލައްވާ!

https://forms.office.com/r/sD0TRFRNqq

 

                   

 

27 އޮކްޓޫބަރު 2025
ހޯދާ