އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ބަނދަރު ތެރެއިން އަދި ފަޅުތެރެއިން ވެލިނެގުން

            މިރަށު ބަނދަރުގެ ހުޅަނގު ކޮޅުގައި ބަނދަރުތެރޭގެ އޮއި ދައުރު ކުރުވުމަށްޓަކާ ކެނޑިފައިވާ ސަރަހައްދަށް ވަދެފައިވާ ވެލިގަނޑު މިވަގުތު ވަނީ ވަރަށްބޮޑަށް މަދުވެފައެވެ. މިރަށު ބަނދަރަށް ވަންނަ ނެރުގެ ހުޅަނގު ފަރާތު ފައިކަށީ ގެތެރެއިން ފުރޭނިގެން ނެރުތެރެއަށް ވަދެފައިވާ ވެލިގަނޑު މިހާރުވަނީ ނެރުތެރެއަށް ވަރަށްބޮޑަށް ނުކުމެފައެވެ. އެހެންކަމުން މިވެލިގަނޑުގެ ސަބަބުން ނެރު ބެދިދާނެ ކަމަށް ފެންނާތީ، މި ވެލިގަނޑު ނަގާ ހުސްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދަންނަވަމެވެ.

            ވީމާ މިއަދުން ފެށިގެން އިމާރާތްކުރުމުގެ ބޭނުމަށާއި އަދި އެހެނިހެން ބޭނުމަށް މިރަށުގެ ފަޅުން ވެލިނެގޭނީ ހަމައެކަނި، މިރަށުގެ ބަނދަރަށް ވަންނަ ނެރުގެ ހުޅަނގުފަރާތު ފައިކަށީގެ ތެރެއަށް ވަދެފައިވާ ވެލިގަނޑުންކަމުގައި އާންމުކޮށް އަންގަމެވެ. އަދި ބަނދަރަށް ވަންނަ ނެރުގެ ހުޅަނގުފަރާތު ފައިކަށީގެ ތެރެއަށް ވަދެފައިވާ ވެލިގަނޑުން ފިޔަވާ ބަނދަރާއި ފަޅުގެ އެހެން އެއްވެސް ސަރަހައްދަކުން ވެލިނެގުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އަންގާ އިއުލާންކުރީމެވެ. 

27 އޮކްޓޫބަރު 2025
ހޯދާ