މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ހުއްދަ ހޯދުމާއި ގުޅޭ

     މިހާރަކަށް އައިސް ގެދޮރު އިމާރާތް ކުރާއިރު ކައުންސިލުގެ ހުއްދަ ހޯދުމަކާއި ނުލައި އިމާރާތް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިހާރު ޢިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުތަކަށް އައިސްފައިވާ އިސްލާހުތަކާއި ގުޅިގެން، ޢިމާރާތްކުރުމުގެ މަސައްކަތް ކުރަންވާނީ ޢިމާރާތްކުރުމުގެ ހުއްދަ ހޯދުމަށްފަހުއެވެ. އަދި ހުއްދަ ހޯދުމަކާ ނުލައި ޢިމާރާތުގެ އެއްވެސް މަސައްކަތެއްކުރުމަކީ މި ޤަވާއިދުގެ ތިންވަނަ ބާބުގެ 14 ވަނަ މާއްދާގެ ދަށުން މަނާކަމެކެވެ.

     ވީމާ، ގެދޮރު ޢިމާރާތްކުރުމުގެ މަސައްކަތްކުރާ އެންމެހާ ފަރާތްތަކުން ހުއްދަ ހޯދުމަށްފަހު މަސައްކަތްކުރުމަށް ހަނދުމަފުޅުކޮށްއަރުވަމެވެ. މިފަދަ އެންމެހާ ކަންކަމުގައި ރައްޔިތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު ދެންނެވީމެވެ.                

27 އޮކްޓޫބަރު 2025
ހޯދާ