ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނައިވާދޫ އިން 4 ބިމެއް ވިއްކުމާއި ގުޅޭ

ހދ.ނައިވާދޫއިން ވިއްކުމަށް ހަމަޖެހިފައިވާ 8 ބިމުގެ ތެރެއިން ނުވިކި ހުރި 4 (ހަތަރު) ބިން ވިއްކުމަށް ނިންމާފައިވާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި އިޢުލާނުގެ ދަށުން ވިއްކުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ބިމެވެ. މި ބިންތައް ވިއްކުމަށް ހުޅުވާލެވިފައިވާ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/250 ރުފިޔާއަށެވެ. މި ބިންތައް ގަންނަ ފަރާތްތަކަށް 5 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދެއްކޭނެ ފުރުޞަޠުވަނީ ހަމަޖެހިފައެވެ.

ބިން ވިއްކުމަށް ބީލަން ފޮތް ދޫކުރުމަށް ހަމަޖެހިފައިވަނީ ގަންނަން ބޭނުންވާ ކޮންމެ ބިމަކަށް ވަކި ބީލަންފޮތެއްގެ ގޮތުގައެވެ. އެގޮތުން ބީލަން ފޮތެއްގެ އަގަކީ -/1000 (އެއްހާސް) ރުފިޔާއެވެ. ބީލަން ހުށަހެޅޭނީ ބީލަން ގަތުމަށްއެދި އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހަޅާ އަދި ހުޅުވާލެވިފައިވާ މުއްދަތުގައި ބީލަން ފޮތް ގަނެފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބިޑް ޑޮކިއުމެންޓް ގަތުމަށް

ޕްރީ ބިޑް މީޓިން

އަންދާސީހިސާބު ހަށަހެޅުން

26.10.2025 ން  04.11.2025ގެ 13:00 ށް

29.10.2025 ގައި އޮންލައިންކޮށް

05.11.2025 ގެ 13:00 ގައި

އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހެޅުން.

29.10.25 ގެ 12:00ގެ ކުރިން މެއިލް މެދުވެރިކޮށް އެދިފައިވާ ފަރާތްތަކަށް

ހދ.ނައިވާދޫ ކައުންސިލް އިދާރާގައި

 

ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، 18 އަހަރުން މަތީގެ ދިވެހި ކޮންމެ ރައްޔިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިއިޢުލާނާއެކު ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކުގެ ޗާޓު އާއްމުކުރެވިފައިވާނެއެވެ.

26 އޮކްޓޫބަރު 2025
ހޯދާ