މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މ. ވޭވަށު ބަނދަރު ސަރަހައްދުގައި ފެރީ ޓަރމިނަލެއް އެޅުން
މުލަކަތޮޅު ވޭވަށުގައި ބަނދަރު ސަރަހައްދުގައި މިކައުންސިލުންދޭ ކުރެހުމާއި މަޢުލޫމާތާއި އެއްގޮތަށް ފެރީ ޓަރމިނަލެއް އެޅުމުގެ އެންމެހާ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
|
ތަފްޞީލް |
ތާރީޙް |
ދުވަސް |
ވަގުތު |
|
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި: |
06 ނޮވެމްބަރ 2025 |
ބުރާސްފަތި |
13:00 |
|
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން: |
13 ނޮވެމްބަރ 2025 |
ބުރާސްފަތި |
13:00 |
- ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިލަން ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
- މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކުން 500.00ރުފިޔާ (ފަސްސަތޭކަ)ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ދައްކަވާނީ 06 ނޮވެމްބަރ 2025ގެ 13:00ގެ ކުރިން މިއިދާރާގެ ނަންބަރު 7709700439001 )1410 ރެވެނިއު 1) އެކައުންޓަށް ޓްރާންސްފަރ ކުރައްވައިގެންނެވެ. އަދި ފައިސާ ދެއްކެވުމަށްފަހު، ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ރަޖިސްޓްރޭޝަން ލިންކް މެދުވެރު ކޮށް އަޕްލޯޑު ކުރަންވާނެއެވެ. އަޕްލޯޑް ކުރުމުގައި މައްސަލައެއް ދިމާވެއްޖެނަމަ ފައިސާ ފޮނުއްވި ފަރާތުގެ ނަން އަދި އިޢުލާން ނަންބަރު އެނގޭނެހެން 9862202 ފޯން ނަންބަރަށް ފައިސާ ފޮނުވިކަން އަންގައިދޭ ސްލިޕް ފޮނުވަން ވާނެއެވެ.
- މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އިދާރާއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ބީލަންވެރިންގެ ޒިންމާއެކެވެ. ރަޖިސްޓްރީވެވުނުކަން ކަށަވަރު ކުރުމަށް ނަމްބަރ 9862202 ފޯނާއި ގުޅުއްވުން އެދެމެވެ.
- ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ (ޤާނޫނު ނަންބަރު 19/2014)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަކަށެވެ.
- މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ އީމެއިލް ކުރާނީ 06 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިޢުލާން ނަމްބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ސުންގަޑީގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
- ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ބީލަމުގައި ރަޖިސްޓްރީވުމުން ބީލަންފޮތް އެފަރާތުން ދެއްވާފައިވާ އީމެއިލަށް ފޮނުވޭނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 6720035 – 9909988 އަށް ގުޅުއްވުން އެދެމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
26 އޮކްޓޫބަރު 2025
ހޯދާ
