އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވާ މި ކައުންސިލްގެ ފުޑްސެލް ޓީމް ހިންގާދޭނެ ފަރާތެއް ހޯދުން:

ޕްރޮޕޯޝަލް ހުށަހެޅުމުގެ ދަޢުވަތު

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވާ މި ކައުންސިލްގެ ފުޑްސެލް ޓީމް ހިންގާދޭނެ ފަރާތެއް ހޯދުން:

ގޯލްޑެން ފުޓްސެލް ޗެލެންޖު 2026 ގައި ބައިވެރިވާ މިކައުންސިލްގެ ފުޓްސެލް ޓީމުގެ ޕްރެކްޓިސްތަކާއި ޓީމުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ޝައުގުވެރިވާ، މަތިވެރީގެ ކްލަބް/ޖަމިއްޔާ ތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުން ރަޖިސްޓްރީ ކުރަންވާނެއެވެ.
  • ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ،  [email protected]  މެއިލް ކުރެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސްތައް މެއިލް ކުރެވޭނެއެވެ.
  • މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުން 2025 އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި ކައުންސިލް މީޓިންގ ހޯލްގައި އޮނާނެއެވެ.

ބީލަން ހުށައެޅުން

 

  • ބިޑް ބަލާގަތުމާއި ހުޅުވުން އޮންނާނީ 2025 ނޮވެމްބަރު 6 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި އަދި އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                     30 ރަބީޢުލްއާޚިރު 1447

                    22  އޮކްޓޫބަރު 2025 

22 އޮކްޓޫބަރު 2025
ހޯދާ