ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލުން އިމާރާތް ކުރަމުންދާ ޖިމްގެ ފިނިޝިންގ މަސައްކަތް، ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 10 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް [email protected] އަށް މެއިލް ކުރެއްވުމަށްފަހު ތިރީގައި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގެ މަޢުލޫމާތު ކަރުދާސް ބީލަމުގެ ރަޖިސްޓްރީ ވާ ފަރާތްތަކަށް 12 ނޮވެމްބަރ 2025 ގެ މަޢުލޫމާތު ޝެޝަނަށްފަހު އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. ބީލަން ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
|
# |
ތަފްސީލް |
ތަން |
ތާރީޚް |
ގަޑި |
|
1. |
ބީލަމުގައި ރަޖިސްޓްރީވުމަށް |
ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް [email protected] އަށް މެއިލް ކުރައްވައިގެންނެވެ. |
27 އޮކްޓޮބަރ 2025 އިން 10ނޮވެމްބަރ 2025 އަށް |
13:00 އަށް |
|
2. |
ބީލަމުގެ މަޢުލޫމާތު ސެޝަން |
ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް |
12 ނޮވެމްބަރ 2025 |
13:00 ގައި |
|
3. |
ބީލަމުގެ މަޢުލޫމާތު ކަރުދާސް ފޮނުވުން |
ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ. |
12 ނޮވެމްބަރ 2025 |
14:00 ކުރިން |
|
4. |
ބީލަން ހުށަހެޅުން |
ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް |
20 ނޮވެމްބަރ 2025 |
13:00 އަށް |
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު 9606540043 ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން ސާފުކޮށްދެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
