ރިނބުދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 4

މުސާރަ:-/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ދ. ރިނބުދޫ ސްކޫލް، ދ. ރިނބުދޫ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން / ރިނބުދޫ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ސްކޫލަށް ލިބޭ ފައިސާއާއި، އެ ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތައް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ފައިސާއާބެހޭ ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެމަތިން ބެލެހެއްޓުން.

2- ސްކޫލަށް ހޯދަންޖެހޭ ތަކެތި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ފައިސާއާބެހޭ ޤަވާޢިދުތަކާ އެއްގޮތަވާގޮތުގެމަތިން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

3- ސްކޫލުން ހޯދާ ޚިދުމަތްތަކާއި ތަކެއްޗާ ގުޅިގެން އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ފައިސާއާބެހޭ ޤަވާޢިދުތަކާ އެއްގޮތަވާގޮތުގެމަތިން ދައްކަމުން ގެންދިއުމާއި، އެކަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން.

4- މުވައްޒަފުންގެ ހާޒިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، މަހުންމަހަށް ހާޒިރީ ރިޕޯޓް ތައްޔާރުކުރުމާއި، ކޮންމެ މަހެއްގެ 16 ވަނަ ދުވަހު ގަޑީލާރީގެ ރިޕޯޓް ތައްޔާރުކުރުމަށްފަހު ބަޖެޓް ސެކްޝަނާ ހަވާލުކުރުމާއި، މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބަލަހައްޓައި، ޗުއްޓީ ހުއްދަ ތައްޔާރުކުރުން.

5- މުވައްޒަފުންގެ ވަޒީފާއާއި، ސްކޫލުގެ އެހެނިހެން ކަންކަމާ ގުޅިގެން ލިޔަންޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި ލިޔެ ތައްޔާރުކޮށް ފޮނުވުމާއި، ސްކޫލަށް ބޭނުންވާ މަޤާމްތައް އުފެއްދުމަށް އިޢުލާންކުރުމުގެ ހުއްދައަށް އެދެން ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް ފޮނުވުމާއި، މަޤާމްތަކަށް އިޢުލާންކޮށް މުއްދަތު ހަމަވުމުން އިންޓަވިއު ފޯމްތައް ތައްޔާރުކޮށް، އިންޓަވިއު ނިމުމުން ވަޒީފާ ހަމަޖެއްސުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު ތަޢުލީމާބެހޭ ޔުނިޓަށް ފޮނުވުން.

6- މުވައްޒަފުންގެ ޕާފޯމަންސް އެޕްރެއިޒަލްގައި އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ބައިތައް (މުވައްޒަފުގެ މަޢުލޫމާތުތައް) ފުރިހަމަކުރަންޖެހޭ މުއްދަތަށް ފުރިހަމަކުރުން.

7- ސްކޫލުގެ އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުން.

8- މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން. މިގޮތުން ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންނާއި، ވަޒީފާއިން ވަކިވާ ނުވަތަ ބަދަލުވާ މުވައްޒަފުންގެ މަޢުލޫމާތުތައް، ޗިޓްގައިވާގޮތަށް ރަޖިސްޓްރީގައި ލިޔެ ފުރިހަމަކުރުން.

9- ސްކޫލުގެ ސްޓޮކް ބަލަހައްޓައި، ސްޓޮކަށް ބޭނުންވާ ތަކެތި ބަރާބަރަށް މަދުނުވެ ލިބޭނެހެން ހޯދުމުގެ މަސައްކަތް، މާލިއްޔަތު ގަވާއިދާ އެއްގޮތަށް، ސްކޫލުގެ ވެރިންގެ ލަފާގެމަތިން ކުރިޔަށް ގެންދިއުން.

10- ސްކޫލުގެ ހުރިހާ އިމާރާތެއްގެ ތަޅުދަނޑިއާއި، މުވައްޒަފުންގެ ކަބަޑުތަކުގެ ތަޅުދަނޑިތައް، މުވައްޒަފުންނަށް ދޫކުރުމާއި ބެލެހެއްޓުން.

11- ސްކޫލުގައި ބޭއްވޭ ތަފާތު އިމްތިޙާނުތަކާ ގުޅިގެން ކުރަންޖެހޭ މުހިންމު އިދާރީ މަސައްކަތްތައް، އިމްތިޙާނުތަކުގެ ފޯކަލް ޕޮއިންޓުގެ ލަފާގެމަތިން ކުރުން.

12- ޓެސްޓް ޕޭޕަރާއި، ކިޔަވައިދިނުމަށް ބޭނުންކުރާ ހޭންޑްއައުޓްސް ފަދަ ތަކެތި ޕްރިންޓްކުރުމުގައި ލީޑިން ޓީޗަރުންނާއި ޓީޗަރުންނަށް އެހީތެރިވުން.

މަޤާމުގެ ޝަރުޠޫ:

ތަޢުލީމީ ފެންވަރު:

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

އިންޓަވިއު ކުރުން:

ހ- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަވިއު، 10 ނޮވެންބަރު 2015 އާއި 16 ނޮވެންބަރު 2015 އާ ދެތެރޭގެ ދުވަހެއްގައި ރިނބުދޫ ސްކޫލުގައި ބޭއްވޭނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ރިނބުދޫ ސްކޫލުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.com.mv ން) މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ)

ނ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ބ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ދ. ރިނބުދޫ ސްކޫލަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ނޮވެންބަރު 9 ވަނަ ދުވަހުގެ 14:00 އެވެ.

ނޯޓް

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެގޭ ތެރެއިން އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރިނބުދޫ ސްކޫލުގެ 7952917 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015
ހޯދާ