މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން
                                2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފްލާގައި ދެވޭ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭގޮތުން ކޮށްފައިވާ މި މިނިސްޓްރީގެ (IUL)30-D1/30/2025/188 ނަންބަރު އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. މި އެވޯޑުތަކަށް ކުރިމަތިލައި، ނަން ހުށަހެޅުމުގެ މުއްދަތު 9 ނޮވެމްބަރު 2025 ގެ 12:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ވާހަކަ ދަންނަވަމެވެ. ނަން ހުށަހެޅުމަށް ހުޅުވާލެވިފައިވާ އެވޯޑުތަކަކީ:
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)؛
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)؛ އަދި
- އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު.
އެވޯޑުތަކަށް އެދި ނަން ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ދެ ފޯމު މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
- ކެޔޮޅު އެވޯޑު އެޕްލިކޭޝަން ފޯމް: Keyolhu Award Application Form
- ފަރުމަސްވެރިޔާ އެޕްލިކޭޝަން ފޯމް: Farumasveriyaa Award Application Form
މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެއެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
             26 އޮކްޓޫބަރު 2025
            
        
                    ހޯދާ  
                
                 
                    