މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ މެއިލް އޮޕަރޭޝަންގެ މަސައްކަތުގައި ބޭނުންކުރުމަށް 2 ޓަނުގެ ލޮރީއެއް ގަތުމަށް އަލުން ހުޅުވާލުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު                                         

 1.   ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު 

    މިކުންފުނީގެ މެއިލް އޮޕަރޭޝަންގެ މަސައްކަތުގައި ބޭނުންކުރުމަށް 2 ޓަނުގެ ލޮރީއެއް ގަތުމަށް ކުރެވުނު އިޢުލާން ނަންބަރު: PRC-MPL/IUL/2025/105 (4 އޮގަސްޓް 2025)ގެ އިޢުލާނާއި ގުޅިގެން ކުރިއަށް ގެންދެވުނު ބީލަންމަރުހަލާއަށްފަހު ބީލަން ކާމިޔާބުކުރި ފަރާތުން ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ވެހިކަލް ފޯރުކޮށްދެވެން ނެތްކަމަށް އަންގާފައިވާތީ، މިދެންނެވި އިޢުލާން ބާތިލްކޮށް ތިރީގައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުށަހެޅުން:

ތާރީޚް:

05 ނޮވެންބަރު 2025

ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ.

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި:

14:00

 2.   ޕްރޮޖެކްޓާއި ގުޅުންހުރި މުހިންމު ބައެއް މައުލޫމާތު:

  • ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 04 ނޮވެންބަރު 2025ވަނަ ދުވަހުގެ 12:00ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009210
  • [email protected]

 

26 އޮކްޓޫބަރު 2025
ހޯދާ