ދިވެހިރާއްޖެ
އިޢުލާން
މިހޮސްޕިޓަލުގެ މޫމިޔާ ދޯނި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
މިހޮސްޕިޓަލުގައި ބޭނުންކުރަމުންދާ، ' މޫމިޔާ ' ކިޔާ ފައިބަރު ދޯނީގައި ކުރަންޖެހޭ އެންމެހާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލުގެ އިޢުލާން ނަންބަރު: TENDER/URH/2025/24 އާއި ގުޅިގެން، އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާ ފައިނުވާތީވެ، އެއިޢުލާން ބާޠިލުކޮށް އެކަމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ކަނޑައަޅާފައިވާ ތާރީޚުގައި މިހޮސްޕިޓަލަށް ވަޑައިގެން، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
|
އަންދާސީ ހިސާބު ހުށައެޅުއްވުން |
ތާރީޚް: 06 ނޮވެމްބަރ 2025 - ބުރާސްފަތި ގަޑި: ހެދުނު 09:00 ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ކޮންފަރެންސް ރޫމް |
މިއިޢުލާނާއިގުޅޭ މައުލޫމާތު ޝީޓާއި، ކުރެހުންތަކާއި، އަދި ގުޅުންހުރި އެންމެހާ ލިޔުންތައް، ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި، 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
