|
މަޤާމު:
|
އެގްޒާމް އިންވިޖިލޭޓަރ
|
|
ބޭނުންވާ އަދަދު:
|
5
|
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ސ. ހިތަދޫ ކެމްޕަސް
|
|
އުޖޫރަ ދެވޭނެގޮތް:
|
މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)
|
|
މަޤާމުގެ ޝަރުތު:
|
- ދިވެހި ރައްޔިތަކަށްވުން.
- އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
- މިޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެއްކަމުގައި ނުވުން.
- އިމްތިޙާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.
- ދަށްވެގެން ގްރޭޑް 10 ނިންމާފައިވުން ނުވަތަ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވާރކްގެ ލެވެލް 3 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.
|
|
މަޤާމަށް މީހުން ހޮވުމުގައިއިސްކަންދެވޭނެ ކަންތައްތައް:
|
- ހެނދުނު ދަންފަޅި ހިމެނޭގޮތަށް މަސައްކަތަށް ވަގުތު ދެވޭނެ މިންވަރު.
- އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާ.
- ތައުލީމީ ފެންވަރު.
|
|
މަސައްކަތް ކުރަންޖެހޭ ގަޑިތައް:
|
އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ދުވަސްތަކުގައި، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑެވެ.
ފައިނަލް އިމްތިޙާނު: 07 ޑިސެމްބަރު 2025 އިން 20 ޑިސެމްބަރު 2025 އަށް.
|
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.
|
|
އެޕްލިކޭޝަން ސުންގަޑި:
|
5 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.
|
|
އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:
|
މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ.
އޮންލައިން އެޕްލިކޭޝަން ލިންކް:
https://forms.gle/TzFGdJwmhvhXa3cb7
|
|
އެޕްލިކޭޝަނާއިއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
- ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރެޑިޓް ކޮށްފައިވާ ސަނަދު).
|
|
މަގާމަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް:
|
- ޔުނިވަރސިޓީން އެދުމުން، އިންވިޖިލޭޓަރުންނަށް ހޮވޭ ފަރާތްތަކުން، އެޕްލިކޭޝަންގައި ބަޔާންކުރި އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކުރުމަށްފަހު، އޭގެ އަސްލު ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
|
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345242 އަށެވެ.
|