މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުވެހި ޢިމާރާތް މަރާމާތުކުރުން

ބީލަން ހުށައެޅުމުގެ ދަޢުވަތު

1. މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި، އަތޮޅުވެހި އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސްމިއިދާރާގެ ވެބްސައިޓުން(shaviyani.gov.mv) 2025 އޮކްޓޯބަރ 30ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

3. މި ބީލަމާއި ބެހޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2025 އޮކްޓޯބަރ 30ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި އިދާރާގެ ޖަލްސާކުރާމާލަމުގައި އޮންނާނެއެވެ.

4. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2025 ނޮވެމްބަރ 03ވާ ހޯމަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2025 ނޮވެމްބަރ 04 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން، އެ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މެއިލްކުރެވޭނެއެވެ.

5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 ނޮވެމްބަރ 06ވާ ބުރާސްފަރި ދުވަހުގެ 10:30ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ބިޑްތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.

6. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން: 6540400، 6540427

އީމެއިލް: [email protected]

ކޮޕީ: [email protected], [email protected]

26 އޮކްޓޫބަރު 2025
ހޯދާ