ދިވެހިރާއްޖެ
އިޢުލާން
42 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2015
8 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 2015
42 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތާއި 08 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 26 ނޮވެންބަރު 2015 ން 05 ޑިސެންބަރު 2015 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި ދެމުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ކުޅުންތެރިންނާއި ކްލަބް/ޖަމްޢިއްޔާ އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީތަކުން މުބާރާތާބެހޭ އެންމެހައި ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވައި އެ ފަރާތެއްގެ ނަން، އަދި ގުޅޭނެ ނަންބަރު އެނގޭނެ ގޮތަށް 15 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެންޓްރީ ފޯމާއެކު ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުމަށް ދެންނެވީމެވެ.
އެންޓްރީ ފޯމު އަދި މުބާރާތުގެ ގަވާއިދު:
- ޑައުންލޯޑް ކުރުމަށް ވެބްސައިޓް www.badmintonmaldives.org.mv އާއި ފޭސްބުކް ޕޭޖްBadminton Association of Maldives
އެންޓްރީ ފޯމު ހުށަހެޅުމުގެ ފަހު ތާރީޚު:
15 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފީހަށް
މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަދި މެންދުރުފަހު 13:00 އިން 15:00 އަށް މި އެސޯސިއޭޝަންގެ ފޯނު ނަންބަރު: 3314057 އަށް ގުޅުއްވުން އެދެމެވެ.
މި ދެމުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ހަފުތާގައި ޝާއިޢު ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.