ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުން

އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުން

ހއ. އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނުވެރިކަން އުފައްދައި، ޤުރްއާން ކިޔެވުމުގެ މައިދާނުގައި ވާދަވެރިކަން އުފެއްދުމުގެ މަޤުޞަދުގައި، މި އިދާރާއިން އިންތިޒާމްކޮށްގެން {ރަސްތަރި} ގެ ނަމުގައި ކުރިޔަށް ގެންދާ ކީރިތ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލަމެވެ.

މި މުބާރާތް ކުރިއަށްގެންދިޔުމަށް ގަސްތުކުރަނީ 2025 ނޮވެންބަރު 27 އިން 29 ގެ ނިޔަލަށް ހއ. އިހަވަންދޫގައެވެ. މުބާރާތުގެ ބައިވެރިންނަށް ހުރުމާއި ކެއުމުގެ އިންތިޒާމްތައް މި އިދާރާއިން ހަމަޖައްސައިދެވޭނެއެވެ. ވީމާ ބައިވެރިވުމަށް އެދޭ ކައުންސިލްތަކުން މިއިއުލާނާއެކު އާންމުކުރެވިފައިވާ ފޯމް 2025 އޮކްޓޯބަރ 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުން އެދެމެވެ. މިއިޢުލާނާ އެކު ރަސްތަރި ޤުރްއާން މުބާރާތުގެ ޤަވާއިދު އާންމުކުރީމެވެ.

  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 އޮކްޓޫބަރު 2025
ހޯދާ