ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފަރެސްމާތޮޑާ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން:

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ގދ. ފަރެސްމާތޮޑާ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީވުމަށް 2025 ނޮވެމްބަރ 05 ވަނަދުވަހުގެ 13:00 ގެ ކުރިން "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށައެޅުން އެދެމެވެ. ބިޑް ރަޖިސްޓްރީ ފޯމް [email protected]  މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. މި މަސައްކަތައް ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

- މިބީލަމާއި ގުޅޭ ބިޑް ފޮތް މިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

- މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ނޮވެމްބަރ 06 ވަނަދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

- މި ބީލަމުގެ ޕްރީ ބިޑް މީޓިން ބެއްވުމަށް ހަމަޖެހިފައި ވަނީ 2025 ނޮވެމްބަރ 06 ވަނަދުވަހުގެ 13:00ގައި މި ކައުންސިލްގެ އިދާރާގައެވެ.

- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2025 ނޮވެމްބަރ 13 ވާ ބުރާސްފަތި ދުވަހު 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

- އީމެއިލް: [email protected]

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 އޮކްޓޫބަރު 2025
ހޯދާ