އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހިތަދޫ އަވަށުން ދޫކޮށްފައިވާ 500 ގޯތީގެ ތެރެއިން ޙަވާލުނުކުރެވި ހުރި ގޯތިތަކާ ގުޅޭ

އިޢުލާން

ހިތަދޫ އަވަށުން ދޫކޮށްފައިވާ 500 ގޯތީގެ ތެރެއިން ޙަވާލުނުކުރެވި ހުރި ގޯތިތަކާއި ގުޅޭ

        2023 ވަނަ އަހަރު އައްޑޫސިޓީގެ ހިތަދޫއިން ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާން ނަންބަރު:(IUL)426-AB/426/2023/51  ގެ ދަށުން ދޫކުރެވުނު ގޯތިތަކުގެ ތެރެއިން ހިތަދޫ މާކިޅި ސަރަޙައްދު ޙިމާޔަތްކޮށްފައިވާތީއާއި ސަހަރާ ސަރަޙައްދުން ގޯތި ލިބުނު ފަރާތްތަކުން އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމަށް އެދިފައިވެއެވެ. އެހެންކަމުން ކައުންސިލްގެ ނަންބަރު: 426-B(4)/2025/110-01 ނިންމުމުން ގޯތި ދިނުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް ނިންމަވާފައިވާތީ، މި ސަރަޙައްދުތަކުން ގޯތި ލިބިފައިވާ 140 ފަރާތަށް ގޯތި ލިބޭތަން ކަނޑައެޅުމަށް ގުރުއަތުނެގުން 25 އޮކްޓޫބަރު 2025 ވާ ހޮނިހިރު ދުވަހުގެ 10:00 އިން ފެށިގެން ހިތަދޫ ޔޫތު ސެންޓަރުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

  • ގުރުއަތުނެގުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ގެންނަންވާނެއެވެ.
  • ގުރުއަތުނެގުމަށް ވަޑައިގަންނަވާއިރު ކުރިން ދޫކުރެވިފައިވާ ގުރުއަތުނަންބަރު ގެންނަންވާނެއެވެ.
  • ބަދަލުގައި މީހަކު ފޮނުއްވާނަމަ މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ލިޔުން ފުރިހަމަ ކުރެއްވުމަށްފަހު ވަޑައިނުގެންނެވޭ ސަބަބު ބަޔާންކޮށް، ގޯތި ލިބޭ ފަރާތުގެ އައިޑީކާޑު ކޮޕީއާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަންވާނެއެވެ.

01 ޖުމާދަލްއޫލާ 1447

23 އޮކްޓޫބަރު 2025

23 އޮކްޓޫބަރު 2025
ހޯދާ