ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ސައިކޮލޮޖިސްޓް

މަޤާމު

 ސީނިއަރ ސައިކޮލޮޖިސްޓް

މަޤާމުގެ ނަންބަރު

J-419528

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 9

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް، މެންޓަލް ހެލްތު ސެންޓަރ ޔުނިޓް/ ކ.ހުޅުމާލެ

މުސާރަ

މަހަކު -/16,799 ރުފިޔާ  

މަޤާމުގެ އެލަވަންސް:

މަހަކު -/7,839 ރުފިޔާ

ހާޒިރީ ޢިނާޔަތް:

ހާޒިރުވާ ދުވަހަކަށް -/212

އެހެނިހެން އެލަވަންސް:

ދައުލަތުގެ ޕޭ ފްރޭމްވރަކްގެ މިންގަނޑުތައް (01 މޭ 2023 އިސްލާހާއި އެއްގޮތައް) އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ފަރުވާ ހޯދުމަށް އަންނަ ފަރާތުންދޭ މަޢުލޫމާތާއި ފަންނުގެ މަސައްކަތްތައް ބައްޓަންކުރާ ބެސްޓް ޕްރެކްޓިސްއަށާއި ސައިންޓިފިކް ފްރޭމްވަރކަށް ރިޢާޔަތްކޮށް ފަރުވާ ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދިއުން.
  2. ފަރުވާ ހޯދާ ފަރާތްތަކަށް ދޭ ޓްރީޓްމަންޓް އަދި އިންޓަރވެންޝަން ޕްރޮގްރާމްތައް ޑިޒައިންކޮށް ކުރިއަށް ގެންދިއުން.
  3. ތިއަރެޓިކަލް އަދި އެމްޕެރިކަލް ޕްރޮފެޝަނަލް ނޮލެޖް ބޭނުންކޮށްގެން ޑޭޓާ އެނަލައިޒްކޮށް ފަރުވާ ދޭނެ ގޮތްތައް ދެނެގަތުން.
  4. ފަރުވާ ހޯދާ ފަރާތާގުޅޭ ގޮތުން ލިބެން ހުރި މަޢުލޫމާތާއި އެ މަޢުލޫމާތަށް ބިނާކޮށް އެކުލަވާލި އެސެސްމަންޓަށް ރިޢާޔަތްކޮށް، ބޭނުންކުރާނެ އިންޓަރވެންޝަންތަކާއި އިތުރަށް ކުރަންޖެހޭނެ ތަހުޤީޤުތައް ފާހަގަ ކުރުން.
  5. ފަރުވާ ފޯރުކޮށްދެވޭ ފަރުވާތަކުގެ ކުރިއެރުން އިވެލުއޭޓް ކުރުން.
  6. ޝަރުޢީ ކޯޓުތަކުގައި އެކްސްޕަރޓް އޮޕީނިއަން ދިނުން.
  7. ސައިކޮލޮޖިކަލް މައްސަލަތައް ޑައިގްނޯސް ކުރުން.
  8. އެތިކަލް ކޯޑްތަކާ އެއްގޮތަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރުން.
  9. ޕްރޮވިޝަނަލް ސައިކޮލޮޖިސްޓުންނާއި ސައިކޮލޮޖިކަލް އެސޯސިއޭޓުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުން.
  10. މެންޓަލް ހެލްތް ސެންޓަރާއި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރަށް އަންނަ ނަފްސާނީ ބަލިތަކާބެހޭ ބަލިމީހުންނަށް ސައިކޮލޮޖީގެ ޚިދުމަތް ދީ ފަރުވާދިނުން.
  11. އެނދުމަތި ކުރެވިފައިވާ ނަފްސާނީ ބަލިމީހުންނަށް ސައިކޮލޮޖީގެ ޚިދުމަތް ދީ ފަރުވާދިނުން.
  12. ސައިކޮމެޓްރިކް ޓެސްޓު މެދުވެރިކޮށާއި، އިންޓަވިއު މެދުވެރިކޮށާއި އަދި ޑައިރެކްޓް ބިހޭވިއަރ އޮބްޒަވޭޝަންގެ ޒަރިއްޔާއިން ބަލިމީހާގެ ސައިކޮލޮޖިކަލް ސްޓޭޓަސް، ނީޑްސް، އެބިލިޓީސް ނުވަތަ ބިހޭވިއަރ އެސެސްކޮށް ދެނެގަތުން.
  13. ތެރަޕީ، ކައުންސެލިންގ ގެ ޒަރިއްޔާއިން އެކިވައްތަރުގެ ބަލިމީހުންނަށް ބޭނުންވާ ޓްރީޓްމަންޓް ޕްރޮގްރާމް ތައްޔާރުކުރުން.
  14. ބަލިމީހުންގެ ރިކޯޑުތައް ގަވާއިދުން ބެލެހެއްޓުން. މިގޮތަށް ބެލެހެއްޓޭ ރިކޯޓުތަކުގެ އެހީގައި ބަލިމީހާގެ ޕްރޮގްރެސް ދެނެގަނެ މޮނިޓަރ ކުރުން. 
  15. ފަރުވާދޭއިރު ބަލިމީހާއި ތިމާގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް ވިސްނުން އަދި ހުރިހާ ވަގުތެއްގައިވެސް ތިމާގެ ސްކޯޕް އޮފް ޕްރެކްޓިސްގެ ހުދޫދުންބޭރުނުވެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން.
  16. ބަލިމީހުންގް ސިއްރުތައް ރައްކާތެރިކޮށްދިނުމާއި ސިއްރުތައް ހިފެހެއްޓުން.
  17. ހޮސްޕިޓަލުގެ އެހެން ސްޕެޝަލިޓީ ޑިޕާޓްމަންޓުތަކާއި ގުޅިގެން ސައިކޮލޮޖިކަލް ސަރވިސަސް ޚިދުމަތް ދިނުން.
  18. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް

މޯލްޑިވްސް  އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށް ލައިސަންސް ލިބިފައިވުން

މަގާމުގެ ޝަރުޠުތައް

 މަގާމަށް ކަނޑައަޅާފައިވާ ޝަރުތު:

  1. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި؛
  2. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި؛
    މަދުވެގެން 4 އަހަރުގެ ޕްރޮފެޝަނަލް ކްލިނިކަލް ތަޖުރިބާ ހާސިލްކޮށްފައިވުން

މަގާމުގެ ތަޢުލީމީ ރޮނގުތައް

މަގާމުގެ ތައުލީމީ ރޮނގުތައް:

  • އެޕްލައިޑް ބިހޭވިއަރ އެނަލިސިސް  
  • އެޕްލައިޑް ސައިންސް ސައިކޮލިޖީ  
  • އެޕްލައިޑް ސޯޝަލް ސައިކޮލޮޖީ  
  • ބިހޭވިއަރަލް ސައިކޮލޮޖީ  
  • ކްލިނިކަލް އެންޑް ޑިވެލޮޕްމަންޓަލް ސައިކޮޕެތޮލޮޖީ  
  • ކްލިނިކަލް ޗައިލްޑް އެންޑް އެޑޮލިސެންޓް ސައިކޮލޮޖީ  
  • ކްލިނިކަލް ޗައިލްޑް ސައިކޮލޮޖީ  
  • ކްލިނިކަލް ހެލްތް ސައިކޮލޮޖީ  
  • ކްލިނިކަލް ސައިކޮލޮޖީ  
  • ކްލިނިކަލް ސްޕޯޓްސް ސައިކޮލޮޖީ  
  • މެންޓަލް ހެލްތް އެންޑް ކްލިނިކަލް ސައިކޮލޮޖީ  
  • ސައިކޮލޮޖިކަލް ކައުންސެލިންގ  
  • ސައިކޮލޮޖީ

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް :

  • ސައިކޮލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ: ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް  (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުމުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]   އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2025  ނޮވެމްބަރ 04 އާއި 2025 ނޮވެމްބަރ 18 އާ ދެމެދު، ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350118 ނަންބަރު ފޯނަށް  ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.  އީ-މެއިލް ކުރާނީ   [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

23 އޮކްޓޫބަރު 2025
ހޯދާ