ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލުގެ ވޯކްވޭގައި ކުލަޔާ ދަވާދުލުމަށް ބޭނުންވާ ކުލަ ހޯދުމަށް ބޭނުވެއްޖެ:

 

މިސްކޫލުގެ ވޯކްވޭގައި ލުމަށް ބޭނުންވާ އައުޓްޑޯރ ފްލޯޕެއިންޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

          މިތަކެތި ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.

  • ބީލަން ހުށައެޅުމަށް ރަޖިސްޓްރީކުރުމަށް 29 އޮކްޓޯބަރ 2025  ވާ ބުދަދުވަހުގެ 12:00 ގެކުރިން 7930205 މިނަންބަރަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިޔަށްގެންދެވުން އެދެމެވެ.
  • މިޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަފަރުދުންގެ ވިޔަފާރި ތަކުގެތެރެއިން ޤާނޫނު (19/2014) ގެ ދަށުން ދޫކުރާ ރަޖިސްޓްރީ އާއެކުގައިވާ ޕޮރޮފައިލްގައި މިފަދަ މަސައްކަތް ކުރުމަށް ހުއްދަދެވިފައިވާ  ފަރާތްތަކަށެވެ.

ނޯޓް: އަދި ބިޑްރަޖިސްޓްރީ ކުރާ ފަރާތްތަކާއި ބީލަންފޮތް ހީއްސާކުރެވޭނެވާހަކަ ދެންނެވީމެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 7669559 އާއި ގުޅުއްވައި މަޢުލޫމާތު ސާފުކުރުން އެދެމެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީކުރުން

މިމަސައްކަތާގުޅޭގޮތުން  ޕްރީބިޑް މީޓިންގ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޕްރީބިޑް މީޓިންގ އޮންނާނީ 27 އޮކްޓޯބަރ 2025 ވާ ހޯމަދުވަހުގެ 12:00 ގައި ސްކޫލް އޮފީހުގައެވެ.

ޕްރީބިޑް މީޓިންގ

ބީލަން ހުށައެޅުން އަދި ބީލަންހުޅުވުން އޮންނާނީ  9 ނޮވެންބަރު 2025 އާދީއްތަ ދުވަހުގެ 12:00 ގައި ބިލެއްދޫ ސްކޫލުގެ އޮފީހުގައެވެ.

ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ދެންނެވިފައިވާ ގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ކުރާފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހުށައަޅާފައިވާ ތާރީޙަކީ އެއްވެސް ސަބަބަކާހުރެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީދުވަހުގައެވެ.

ބީލަން ހުށައެޅުމާއި ހުށައަޅަންވީ ސުންގަޑި

23 އޮކްޓޫބަރު 2025
ހޯދާ