މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ނަރުދޫ ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު ބޯފެން ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ ދަށުން ޕްރީ ސްކޫލުގައި 2 ކަޅުހަން ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ިކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި، ށ. ނަރުދޫ ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސްރޫޢުގެ ދަށުން ޕްރީ ސްކޫލުގައި 2 ކަޅުހަން ބެހެއްޓުން                   

  1.  ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މިޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން 29 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  4. މި ޕްރޮޖެކްޓާއި ބެހޭގޮތުން  މަޢުލޫމާތުދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
  5. ބީލަމާއި ގުޅިގެން ސުވާލެއްވާނަމަ 9 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ނޮވެމްބަރ 16 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
  7. ބީލަން ފޮތް ވިއްކޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް 26 އޮކްޓޯބަރ 2025 އިން ފެށިގެންނެވެ. ބީލަން ފޮތުގެ އަގަކީ -/150ރ. (ސަތޭކަ ފަންސާސް ރުފިޔާ) އެވެ.
  8. ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާއިން ލިބިލައްވާނެއެވެ. އަދި ފޯމް މި އިޢުލާނާއި އެއްކޮށް ގެޒަޓް ކުރެވިފައިވާނެއެވެ.
  9. މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ

ނަރުދޫ

ދިވެހިރާއްޖެ

ފޯން: 6540683

އީމެއިލް: [email protected]            

22 އޮކްޓޫބަރު 2025
ހޯދާ