ދިވެހިރާއްޖެ
ހޯނޑެއްދޫ ކައުންސިލްގެ ނަންބަރ (IUL)417-SED/417/2025/149 އިޢުލާން ބާތިލުކޮށް، "ގދ. ހޯނޑެއްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް" ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ. "ގދ. ހޯނޑެއްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް" ބޯޑުގެ ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021 R-49/ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިފާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވާ؛ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފާވާ "ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު (01/221/2022އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ.
މެނޭޖިންގ ޑިރެކްޓަރާއި ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ މުސާރައާއި އިނާޔަތް ކަނޑައަޅާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުޞޫލެއްގެ މަތީންނެވެ. މިގޮތުން، މެނޭޖިންގ ޑިރެކްޓަރާއި ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ހިގަން ފަށާނީ ގދ. ހޯނޑެއްދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ އަހަރީ އާމްދަނީގެ ގޮތުގައި -/10,000,000 (ދިހަ މިލިއަން ދިވެހި ރުފިޔާ) އަށް އަރާ ހިސާބުން ފެށިގެންނެވެ.
|
# |
މަޤާމު |
ޢަދަދު |
|
1 |
އެގްޒެކެޓިވް ޑިރެކްޓަރު (މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރ) |
1 |
|
2 |
ޑިރެކްޓަރު |
2 |
|
|
އެގްޒެކްޓިވް ޑިރެކްޓަރު |
މިނިވަން ޑިރެކްޓަރު |
|
ޝަރުތުތައް |
މި އުޞޫލުގެ ދަށުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި ޢައްޔަނުކުރާ ފަރާތުގެ ތިރީގައިމިވާ ޝަރުޠުތައް ހަމަވާންވާނެއެވެ. (ހ) މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ (ނ) އެހެނިހެން ޝަރުޠުތައް:
(ރ) މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީ ރޮނގުތައް؛
|
މި އުޞޫލުގެ ދަށުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ކުންފުނީގެ މިނިވަން ޑިރެކްޓަރުންގެ ގޮތުގައި ޢައްޔަނުކުރާ ފަރާތްތަކުގެ ތިރީގައިމިވާ ޝަރުޠުތައް ހަމަވާންވާނެއެވެ. (ހ) މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުން. ނުވަތަ (ނ) އެހެނިހެން ޝަރުޠުތައް:
(ރ) މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީ ރޮނގުތައް؛
|
ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޝަރުތުތައް ކަމަށް ކަނޑައަޅާފައިވާ އެއްވެސް ޝަރުތެއް، ޢައްޔަންކުރެވޭ ފަހުންވެސް އުނިވެއްޖެނަމަ، އެމީހަކު ޑިރެކްޓަރުންގެ ބޯޑުން ވަކިކުރެވޭނެއެވެ.
ހުށައަޅަންޖެހޭ ލިޔުންތައް:
- ލެޓާ އޮފް އިންޓަރެސްޓް
- ސީވީ
- ތައުލީމީ އަދި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމުގެ ކޮޕީ)
- ދިވެހިރައްޔިތެއްކަން އަނގައިދޭ ކާޑްގެ ކޮޕީ
- ކުށާއި ދަރަނީގެ ރެކޯޑް (އުމުރަށް)
- "ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފާރާތެއްނަމަ، ސެޓްފިކެޓްގެ ކޮޕީ (އަސްލާ އެއްގޮތް ކަމުގެ ކޮޕީ)
މިކައުންސިލްގެ ނަމުގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދަން ބޭނުންވާތީވެ، މަތީގައި ބަޔާންކުރެވުނު ޝަރުތުތައް ހަމަވާ ފަރާތް ތަކުން ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާނަމަ އެކަމަށް އެދި 30 އޮކްޓޯބަރ 2025 ގެ 13:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް މެދުވެރިކޮށް މަތީގައި ދެންނެވުނު ލިޔުންތައް ފޮނުވުން އެދެމެވެ.
ބޯޑުގެ ޑިރެކްޓަރކަމަށް ކުރިމަތިލައްވާ ފަރާތްތައް، ގދ. ހޯނޑެއްދޫ ކައުންސިލުން އެކުލަވާލާ ކޮމިޓީއިން އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއި އިންޓަވިއުކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް ގދ. ހޯނޑެއްދޫ ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް އައްޔަނު ކުރެވޭ ފަރާތްތައް ކަނޑައެޅޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
