ދިވެހިރާއްޖެ
އިޢުލާން
ކެމެރާމަނުން ތަމްރީންކުރުމުގެ ކޯހަކާއި ޕްރޮޑަކްޝަން ޓެކްނީޝަނުން ތަމްރީން ކުރުމުގެ ކޯހެއް ހިންގުމާބެހޭ
ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ފަރާތުން، އާންމުކޮށް ހިލޭ ފުރުޞަތު ދީގެން، ކެމެރާމަނުން ތަމްރީން ކުރުމުގެ ކޯހަކާއި ޕްރޮޑަކްޝަން ޓެކްނީޝަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މަދު މިންވަރަކަށް ޖާގަ ހަމަޖެހިފައިވާ މި 2 ކޯހުން ފުރުސަތު ދެވޭނީ، މިކަމަށް ކުރިމަތި ލައްވާ ކެންޑިޑޭޓުންގެ ތެރެއިން، މި ކުންފުނިން ކަނޑައަޅާ އުސޫލުތަކަށް ފެތޭ އަދި އިންޓަރވިއުކޮށްގެން އެންމެ ރަނގަޅުކަމަށް ކަނޑައަޅާ ކެންޑިޑޭޓުންނަށެވެ.
3 ހަފުތާގެ ފުލްޓައިމް މިއިން ކޯހެއްގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން، މިކަމަށް އެދިވަޑައިގެން، އެބޭފުޅަކު ބައިވެރިވެވަޑައިގަންނަވަން ޝައުޤުވެރިވެވަޑައިގަންނަވާ ކޯހެއް އެނގޭގޮތަށް، 2015 ނޮވެންބަރު 02 ވަނަ ދުވަހުގެ ކުރިން ޕަބްލިކް ސަރވިސް މީޑިއާއަށް ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ، މެއިލް ކުރައްވާނީ [email protected] އަށެވެ.
ކޯހާބެހޭ އިތުރު މަޢުލޫމާތު މި ކުންފުނީގެ 3000210 ނުވަތަ 3000428 ފޯނާ ގުޅުއްވުމުން ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psmnews.mv ނުވަތަ މި ކުންފުނީގެ ފްރޮންޓް ޑެސްކަށް ވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ.
20 މުޙައްރަމް 1437