ހަންޏާމީދޫ މަދަރުސާ، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަރާމާތު މަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް
މިމަދަރުސާގެ ތިރީގައިމިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- އޮފީސް އިމާރާތް މަރާމާތުކުރުން.
- މަދަރުސާގެ ދެކްލާސްރޫމުގައި ތަށިމުށިޖެހުން.
- ޓީޗަރުން ބޭނުންކުރައްވާ ފާޚާނާ ހެދުން.
- މިހާރުހުރި ފާޚާނާތަކުގެ އެތެރޭގެ ނަރުދަމާނިޒާމު ރަނގަޅުކުރުން.
- ޕްރިސްކޫލް 1 ފާޚާނާ އިމާރާތްކުރުން.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
08 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:00 |
19 ނޮވެންބަރު 2015ވާ ބުރާސްފަތި ދުވަހުގެ 13:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680837 ނަންބަރު ފޯނާއެވެ.
14 މުޙައްރަމް 1437
27 އޮކްޓޫބަރު 2015
ހޯދާ