މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ސްޕޯޓްސް ފިއެސްޓަރ 2025 ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލުން

ކައުންސިލް ސްޕޯޓްސް ފިއެސްޓަރ 2025 ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލުން

 

                މި ކައުންސިލްގެ ސްޕޯޓްސް ފިއެސްޓަރ 2025 ގެ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ފިރިހެން ވޮލީ އަދި އަންހެން ހޭންޑްބޯލް މުބާރާތް 01 ޑިސެމްބަރ 2025 ގައި ފަށާގޮތައްވަނީ ހަމަޖެހިފައެވެ.

                ވީމާ، މި މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 10 ނޮވެމްބަރ 2025 ގެ 14:00 ގެކުރިން ޓީމް ލިސްޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޓީމް ލިސްޓް ފޯމު ރަސްމީ ދުވަސްތަކުގެ 9:00 ން 13:30 ށް  ކައުންސިލުން ލިބެންހުންނާނެއެވެ.

ވޮލީ ޓީމެއްގައި ގިނަވެގެން 3 އޮފިސަލް 10 ކުޅުންތެރިން ހިމަނަންވާނެއެވެ.

ހޭންޑްބޯލް ޓީމެއްގައި ގިނަވެގެން 3 އޮފިސަލް 11 ކުޅުންޓެރިން ހިމަނަންވާނެއެވެ.

 

 

* ޓީމް ލިސްޓްތައް ފޮނުވާނީ

އަލީ ޒައީދު - 9847976

ވައިބާރ - 9874096

 

                  ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 އޮކްޓޫބަރު 2025
ހޯދާ