ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ:
ތިރީގައި ބަޔާންކުރެވިފައިވާ ސޮފްޓްވެޔަރތައް މިކުންފުންޏަށް ހޯދުމަށް ބޭނުންވެއެވެ.
1) Document Archiving Software
2) HR Management Software
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހުގެ 2:30 އާ ދެމެދު މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން ނަންނޯޓްކުރެއްވުމަށްފަހު މަސައްކަތާބެހޭ މަޢުލޫމާތު ފޯމު ގެންދެވުމަށްފަހު، 12 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ގ.ފަތުރުވެހި 1 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން އެކަމުގެ އަގު އެކުލެވޭ ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ހުޅުވުން އޮންނާނީ ޕްރޮޕޯޒަލްތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކުގެ ހާޒިރުގައި، އެދުވަހުގެ ހެނދުނު 11:05 ގައެވެ. މިމަސައްކަތަށް ޕްރޮޕޯޒަލް ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ ދުވަހު ނަންނޯޓު ކުރެއްވުމަށްފަހު މަސައްކަތާބެހޭ މަޢުލޫމާތު ފޯމު ގެންދަވާފައިވާ ފަރާތްތަކަށް އެކަންޏެވެ.