ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަންބަރު: H/IUL/2025/198B
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުންޏަށް ތިރީގައި ދެންނެވިފައިވާ އައިޓަމްތައް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު H/IUL/2025/198A އިއުލާނާއި ގުޅިގެން ލިބިފައިވާ އަގުތައް ބޮޑުކަމަށް ފާހަގަކުރެވިފައިވާތީ، އެޢިއުލާން ބާތިލްކޮށް އަލުން މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
|
Item |
Description |
Qty |
|
1 |
Aruba Networking 6100 24G Class 4 PoE 4SFP +370W Switch (JL677A) |
3 |
|
2 |
HPE Aruba Network 6100 48G Class 4 PoE 4SFP+ 370W Switch (JL675A) |
5 |
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 26 އޮކްޓޫބަރ 2025 ވާ (އާދިއްތަ) ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.
މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދިއަންދާސީހިސާބު ހުށަހަޅާ ފަރާތަކީ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަކަށް ވާން ވާނެއެވެ.
މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފުސީލު:
އަގަށް: 85 ޕޮއިންޓް
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×85
މުއްދަތު: 10 ޕޮއިންޓް
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު ×10
ތަޖުރިބާ: 05 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
- އަންދާސީހިސާބު ބާޠިލުވާ މުއްދަތު: މަދުވެގެން 45 ދުވަސް.
- ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އިޢުލާން ނަންބަރު: H/IUL/2025/198B
އަންދާސީހިސާބު ހުޅުވުން:އަންދާސީހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޫބަރ 2025 ވާ (ބުދަ) ދުވަހުގެ 13:00 ގައި މިކުންފުނީގެ ހެޑްއޮފީސް، 2 ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.
30 ރަބީއުލްއާޙިރު 1447
22 އޮކްޓޫބަރު 2025
ނޯޓް:
- މި އިއުލާނަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް އަންދާސީހިސާބާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ މައޫލޫމާތު ހިއްސާ ނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން އަންދާސީހިސާބު ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338123 / 3338124 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
