ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުގޭގެ ބައެއް ދޮރުތަކާއި ދޮރުފަތްތައް އެލްމެނިއަމް ދޮރާއި ދޮރުފަތްތަކަށް ބަދަލު ކުރުމާބެހޭ
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުގޭގެ ބައެއް ދޮރުތަކާއި ދޮރުފަތްތައް އެލްމެނިއަމް ދޮރާއި ދޮރުފަތްތަކަށް ބަދަލު ކުރުމާބެހޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްއެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 04 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހުގެ 11.00 ގައި މިކައުންސިލަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:
1- ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަން ތައްޔާރުކުރައްވާއިރު ބީލަން ކަރުދާހުގައި ހުރި މައުލޫމާތު ބެއްލެވުމަށް ސަމާލުކަން ދޭންވާނެއެވެ.
2- ބީލަން/ ޕްރޮޕޯސަލްގައި ރަޖިސްޓްރީވުމަށް އެދި، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، އިޢުލާން ނަންބަރު އަދި ފުރިހަމަ ނަމާއި، އީމެއިލް އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު ޖެއްސެވުމަށްފަހު [email protected] އަށް އީ-މެއިލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
3- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް އިވެއުލޭޓް މަރުޙަލާގައި ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
4- ބީލަން/ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޒިރުވާއިރު ހާޒިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޒޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.
5- މި ބީލަމާއިގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 30 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.
6- ބީލަން/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 04 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހުގެ 11.00 ގައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން/ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން/ޕްރޮޕޯސަލްތައް ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.
30 ރަބީއުލްއާޚިރާ 1447
