މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޝަހީދު ޙުސައިން މުހައްމަދުގެ ހަނދާނުގައި ބެހެންޓުމަށް ހަމަޖެހިފައިވާ މޮނިއުމަންޓާއި،

މި އިޢުލާންވަނީ 22 އޮކްޓޫބަރު 2025 14:19 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު

           މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ޝަހީދު ޙުސައިން މުހައްމަދުގެ ހަނދާނުގައި ބެހެންޓުމަށް ހަމަޖެހިފައިވާ މޮނިއުމަންޓާއި، "ޝަހީދު ހުސައިން މުޙައްމަދު މަގު" ގެ ނަންބޯޑު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

 

  •         ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:

    ބީލަން ހުށަހެޅުމަށް 2025 އޮކްޓޫބަރު 22 ން 2025 އޮކްޓޫބަރު 27 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށްތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

  - "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ގެ ލިންކް: https://forms.office.com/r/YsrsYf5ZTP

 

  •         ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:

             އިޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ، ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

  •         އިތުރު މަޢުލޫމާތު ސާފުކުރުން:

            މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުން ވެލައްވާނަމަ 2025 އޮކްޓޫބަރު 27 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިންތިރީގައިވާ އީމެއިލަށް މެއިލްކުރެއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

         ޕްރޮކިއުމަންޓް ޔުނިޓް

         ތުޅާދޫ ކައުންސިލް އިދާރާ / ބ. ތުޅާދޫ

         ފޯން:  6600043

           އީމެއިލް: [email protected] 

  •         ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:

            ބީލަން ބަލައިގަތުމާއި، ހުޅުވުން އޮންނާނީ، 2025 އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހުގެ 10:15ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

22 އޮކްޓޫބަރު 2025
ހޯދާ