އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބޭނުންވާ 4 (ހަތަރެއް) ލެޕްޓޮޕް ސަޕްލައި ކޮށްދިނުމާއިގުޅޭ

އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބޭނުންވާ 4 (ހަތަރެއް) ލެޕްޓޮޕް ސަޕްލައި ކޮށްދިނުމާއިގުޅޭ  

          މި އޮތޯރިޓީއަށް ބޭނުންވާ 4 (ހަތަރެއް) ލެޕްޓޮޕް މި އިޢުލާނާއިއެކު އާންމުކޮށްފައިވާ ސްޕެސިފިކޭޝަނާއި އެއްގޮތަށް ފޯރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

          މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވެވަޑައިގަންނަވާ ފަރާތްތަކުން 27 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އެޖެންސީއަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

               ބީލަން ހުށަހަޅާނީ 04 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ރިސެޕްޝަނަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 04 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 10:05 ގައި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ހާޟިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.

ބީލަންތައް ހުންނަންވާނީ ސިޓީ އުރައިގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

               

22 އޮކްޓޫބަރު 2025
ހޯދާ