ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓީ10 ސްމޭޝް ކްރިކެޓް މުބާރާތް 2025
މިބޯޑުން 2025 ވަނަ އަހަރަށް ކަލަންޑަރ ކޮށްފައިވާ ޓީ10 ސްމޭޝް ކްރިކެޓް މުބާރާތް 2025 މި ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު ފަށާގޮތަށްވަނީ ތާވަލްކުރެވިފައެވެ. މި މުބާރާތަށް ސީ ބީ އެމް ގެ ފަސްޓް ޑިވިޝަން އަށް ކޮލިފައިވެފައިވާ 06 ކްލަބް ތިރީގައި މިވަނީއެވެ.
ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ޓީމްތަށް:
- ސީ. ބީ. އެލް ސްޕޯސް ކްލަބް
- މާލޭ ސްޕޯސް ކްލަބް
- މިލާން ކްރިކެޓް އެކަޑަމީ
- ނިޔުސްޓާރ ސްޕޯސް ކްލަބް
- އެމް އެސް ހެލްޕިން އޭންޑް ސްޕޯޓްސް އެކަޑަމީ
- ކޮމެޓްސް ކްރިކެޓް ކްލަބް
މުބާރާތުގެ ގުރުއަތުލުން 06 ނޮވެންބަރު (16:30) ސީ. ބީ. އެމް ގެ މީޓިން ރޫމްގައި އޮންނާނެއެވެ.
ކްލަބްތަކުން ޓީމް ލިސްޓް ފޮނުވުމެގެ އެންމެ ފަހު ތާރީޙް އަކީ 12 ނޮވެންބަރު 2025 ވަނަ ދުވަހު 13:00 ގެ ކުރިން އީމެއިލްއިން އަންގަވާދެއްވުން އެދެމެވެ.
އީމެއިލް [email protected].
މުބާރާތުގެ ގައިޑް ލައިން އަދި ޝެޑިޔުލް އެޓޭޗް ކުރެވިފައި އެވަނީއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 9676757 / 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.
22 އޮކްޓޫބަރު 2025
ހޯދާ
