މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަށާފާރު ރާނައި ތަނބުޖެހުމުގެ މަސައްކަތް
ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު
- މި ސްކޫލުގެ ވަށާފާރު ރާނައި ތަނބުޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮންދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، ޝައުޤުވެރިވާ ފަރާތް ތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ކޯޓޭޝަން މި ސްކޫލުގެ އިދާރާއަށް ނުވަތަ މި ސްކޫލުގެ މެއިލް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. މަޢުލޫމާތު ޝީޓު މި އިޢުލާނާއެކު އެއްހީރާސް ކުރެވިފައި އެވަނީއެވެ.
- ކޯޓޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 29 އޮކްޓޫބަރު 2025ވާ ބުދަ ދުވަހުގެ 12:00އެވެ. ހުށަހަޅާ ކޯޓޭޝަންގައި މަސައްކަތް ކުރެވޭނެ އަގު އަދި މަސައްކަތް ނިންމޭނެ މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި ކޯޓޭޝަނާއެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިމަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 28 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން [email protected]އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުޑަފަރީ ސްކޫލް ވައިލެޓްމަގު، ނ.ކުޑަފަރި، ދިވެހިރާއްޖެ.
ފޯން: 6561802
އީމެއިލް: [email protected]
22 އޮކްޓޫބަރު 2025
ހޯދާ
