މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ރަށްތަކުގެ އިން ފާހަގަކުރަންޖެހޭ ސަރަޙައްދުގެ ސާރވޭކުރުމާއި އިންވަކިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ބޭނުމަށް ތިރީގައިވާ ތާވަލުގައި ހިމެނޭ ޕެކޭޖްތަކުގައިވާ ރަށްތަކުގެ އިން ފާހަގަކުރަންޖެހޭ ސަރަޙައްދުގެ ސާރވޭކުރުމާއި އިންވަކިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 02 އޮގަސްޓު 2014 ވަނަ ދުވަހު ކުރެވުނު ނަންބަރު IUL)431-PSS/1/2015/19) އިޢުލާނާއި 05 އޮކްޓޫބަރު 2015 ދުވަހު ކުރެވުނު ނަންބަރު IUL)431-AHP/1/2015/24) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިކަމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ޕެކޭޖް 1

ޕެކޭޖް 2

ޕެކޭޖް 3

ޕެކޭޖް 4

  1. ހއ. ދިއްދޫ
  2. ހދ. ކުޅުދުއްފުށި
  3. ހދ. ހަނިމާދޫ
  4. ނ. ވެލިދޫ
  1. ބ. ތުޅާދޫ
  2. ބ. އޭދަފުށި
  1. ކ. ތުލުސްދޫ
  1. ދ. މީދޫ

މިޕެކޭޖްތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތަފުސީލު ހިމެނޭ ޓާރމްސް އޮފް ރެފަރެންސް މި އޮތޯރިޓީގެ ވެބްސައިޓް www.surveyofmaldives.gov.mv ގެ ތިރީގައި މިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

http://www.surveyofmaldives.gov.mv/v1/uploads/08%20Islands_TERMS%20OF%20REFERENCE%20FOR%20LAND%20SURVEYS.pdf

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެކަންޏެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

04 ނޮވެންބަރު 2015 ދުވަހުގެ 11:00 އަށް

09 ނޮވެންބަރު 2015 ދުވަހުގެ ހެނދުނު 11:00 އަށް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮތޯރިޓީގެ ނަންބަރު 3004265 އަށް ގުޅުއްވުން އެދެމެވެ.

14 މުޙައްރަމް 1437

27 އޮކްޓޫބަރު 2015
ހޯދާ