ދިވެހިރާއްޖެ
މިކައުންސިލްގެ ނަންބަރު (IUL)369/369/2025/100 (9 އޮކްޓޫބަރ 2025) އިއުލާނާ ހަވާލާދީ މ.މަޑުއްވަރީ ކައުންސިލްގެ 2 ވަނަ ފުޓްސަލް މުބާރާތުގެ މެޗުތަށް ކުރިޔަށްދާ ވަގުތުތަކުގައި ދަނޑު ސަރަޙައްދުގައި ގާޑިޔާ ވިޔަފާރިކުރިއަށް ގެންދިޔުމަށް ކުރެވުނު އިއުލާނާ ގުޅިގެން އެކަމަށް ޝަރުގުވެރިކަން ހުރި ފަރާތްތަކަށް އިތުރު ފުރުސަތު ހުޅުވާލަމެވެ.
މުބާރާތުގައި ޖުމުލަ 12 މެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ. މުބާރާތް ކުރިޔަށް ދާނީ 30 އޮކްޓޫބަރު 2025 އިން 05 ނޮވެމްބަރު 2025 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދުވަސްތަކުގައި ދަނޑު ސަރަޙައްދުގައި ގާޑިޔާ ހިންގުމަށް ބޭނުންވާ ފަރާތްތަކުން ، ޖުމްލަ 250/- ރުފިޔާ ފީގެ ގޮތުގައި ކައުންސިލަށް ދައްކަވަންޖެހޭނެއެވެ. ގާޑިޔާ ހިންގުމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 3 ފަރާތަށެވެ. ކޮންމެ ފަރާތަކަށް ވެސް ދޫކުރެވޭނީ ގާޑިޔާ ހިންގުމަށް 13X10 (ފުޅާ މިނުގައި 13 ފޫޓް އަދި ދިގުމިނުގައި 10 ފޫޓް) ފޫޓް ގެ 1 ބިމެވެ.
ވީމާ، ގާޑީޔާ ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. އަދި ވިޔަފާރިއެއް ނަމަ ރަޖިސްޓްރީ ކޮޕީ ނުވަތަ އަމިއްލަ ފަރުދެއް ނަމަ އައިޑީކާޑު ކޮޕީ ފޯމާއެކު ހުށަހަޅަންވާނެއެވެ.
ލިންކް: https://forms.fillout.com/t/6WVeXnvRDZus
މި އިޢުލާނާއިއެކު ގާޑިޔާ ދޫކުރުމާބެހޭ އުސޫލް ޢާންމު ކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
