މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވާ މ. ނާލާފުށީ ފުޓްސަލްޓީމް މެނޭޖުކުރާނެ ފަރާތެއް ހޯދުމާއި ބެހޭ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވާ ނާލާފުށީ ފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުން ނަގައި، އެ ޓީމް މުބާރާތަށް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މުލަކަތޮޅު ނާލާފުށީގައި ރަޖިސްޓްރީ ކޮށްފައިވާ ކްލަބް ޖަމުއިއްޔާތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ މ. ނާލާފުށީގެ ކްލަބް ޖަމިއްޔާތަކަށް މި އިއުލާނާއި އެކުގައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތްވާގޮތުގެ މަތިން ޓީމްގެ ކަންތައްތައް ރާވައި ހިންގާނެ ގޮތުގެ ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރޮޕޯސަލް ހުށައަޅަންވާނީ މި އިއުލާނާއިއެކު އާންމުކޮއްފައިވާ މައުލޫމާތު ޝީޓް ޖަދުވަލް 1 ގައިވާ ގޮތުގެ މަތިންނެވެ.ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު 28 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ހުޅުވާލެވިފާކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

21 އޮކްޓޫބަރު 2025
ހޯދާ