ދިވެހިރާއްޖެ
އެސިސްޓެންޓް ކްލީނަރ
ވަޒީފާ އަދާކުރަންޖެހޭ ތަން: ކުޑަގިރި
ތައުލީމީ ފެންވަރާއި ތަޖުރިބާ:
އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއިއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްޙަތެއްގައި ހުރުން.
ޖުމްލަކޮށް މަޤާމުގައި ކުރަންޖެހޭ މަސައްކަތް:
ހަވާލުކުރެވޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:
- ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ހަވާލުކުރެވޭ ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން. މީގެ ތެރޭގައި އޮފީހާއި ފާހާނާއާއި ރަށުތެރެ ކުނިކަހާ ސާފުކުރުން.
- ސާފުކުރުމަށް ހަވާލުކުރެވޭ ސަރަހައްދުން ނަގާ ކުނި ކަނޑައެޅިފައިވާ ތަނަކަށް ޖަމާކޮށް ސުޕަވައިޒަރަށް އެންގުން.
- ފާހާނަތަކަށް ބޭނުންވާ ތަކެތި ހަމަތޯބަލާ ގަވާއިދުން ސްޓޮކް ކޮއްފައިބެހެއްޓުން.
- ޑަސްބިންތައް ގަވާއިދުން ހުސްކުރުން.
- ދުވަހުން ދުވަހަށް ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ނިންމުމާއި ހަވާލުވެ ހުންނަ ސުޕަވައިޒަރަށް ރިޕޯޓްކުރުން.
- ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތަށް އެއްބާރުލުން ދިނުން.
- މަޤާމާއި ޔުނިޓުގެ މަސައްކަތާއި ގުޅޭގޮތުން އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
- މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
މުސާރަ: 10,500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ސީވީ
ވަޒީފާގެ ބާވަތް:
ކޮންޓްރެކްޓް އުސޫލުން (ފުރަތަމަ ވަޒީފާގެ އެއްބަސްވުން އެކުލަވާލެވޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. ވަޒީފާ ދާއިމީ ކުރުމުގެ ނިންމުން ނިންމާނީ ފުރަތަމަ ކޮންޓްރެކްޓް ނިމެން ކައިރިވުމުން، މަސައްކަތުގެ ފެންވަރާއި އެހެނިހެން ކަންކަމަށް ރިއާޔަތްކުރުމަށް ފަހުއެވެ.)
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 27 އޮކްޓޯބަރު 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެޗް.ޑީ.ސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
|
ޕޯޓަލް ލިންކު: (jobs.hdc.mv)
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.
|
