އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - "ރަންމުތް" ދޯނީގެ ވެރިފަރާތް ހޯދުމާއި ގުޅޭ

އިޢުލާން

"ރަންމުތް" ދޯނީގެ ވެރިފަރާތް ހޯދުމާއި ގުޅޭ

        ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދު ނަމްބަރ 2016/R-6 (31 ޖަނަވަރީ 2016) ގެ 12 ވަނަ މާއްދާގެދަށުން ކަނޑުގައި ދުއްވާ އެއްވެސް އުޅަނދެއް ރަޖިސްޓްރީނުކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވުމާއި، ބަނދަރުތަކާއި ފައްތިޔާތަކުގައި އަޅައިގެން ބޭނުންކުރުމަކީ މަނާކަމެކެވެ.

        ހުޅުދޫ ބަނދަރުގައި ގަވައިދާއި ހިލާފަށް އަޅާފައިވާ އުޅަނދެއް ކަމަށްވާ "ރައްމުތް" ދޯނީގެ ވެރިފަރާތުގެ މައުލޫމާތު މި އޮފީހަށް އެގިފައިނުވާތީ މި އުޅަނދުގެ ވެރިފަރާތެއްވާނަމަ 29 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އޮފީހަށް އަންގަވައިދެއްވުން އެދެމެވެ.

        މި މުއްދަތުގެ ތެރޭގައި މި އުޅަނދުގެ ވެރިފަރާތް އެނގިފައިނުވާނަމަ ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައަޅައި ޤަވާޢިދުގައިވާ ގޮތުގެ މަތިން އަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

29 ރަބީޢުލްއާޙިރު 1447

21 އޮކްޓޯބަރ 2025

21 އޮކްޓޫބަރު 2025
ހޯދާ