އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ކުރީގައި ބޭނުންކުރި މަރަދޫފޭދޫ އޮފީހުގެ އިމާރާތް ތަޅާލުމާއި ގުޅޭ

އިޢުލާން

ކުރީގައި ބޭނުންކުރި މަރަދޫފޭދޫ އޮފީހުގެ އިމާރާތް ތަޅާލުމާއި ގުޅޭ

މަރަދޫފޭދޫ އޮފީހުގެ ގޮތުގައި ކުރީގައި ބޭނުންކުރަމުން ދިޔަ ޢިމާރާތް ހިލޭ ،އަމިއްލަ ތަކެތީގައި ތަޅާ އެ ބިން ސާފުކޮށްދޭނެ ފަރާތެއް މި އޮފީހުން ހޯދަން ބޭނުންވެއެވެ. އަމިއްލަ ތަކެތީގައި މި ޢިމާރާތް ތަޅާ ފަރާތަކަށް ތަންތެޅުމަށްފަހު އިމާރާތުގައި ވާ ހުރިހާ އެއްޗެއް ނައްތާލަންވާނެއެވެ. ތަނުން ހުރިހާ އެއްޗެއް ނަގާ ތަން އެއްކޮށް ސާފުކުރަންވާނެއެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހިމަނައިގެން އެކަމަށް އެދި ލިއުމުން މި އޮފީހަށް ހުށަހަޅަންވާނެއެވެ.

      މި މަސައްކަތް ކުރުމަށް އެދި ހުށަހަޅުއްވާއިރު ތިރީގައިވާ މަޢުލޫމާތު ހިމެނުން

  • މަސައްކަތް ފެށުމަށް ކަނޑައަޅާ ތާރީޚް ބަޔާންކުރުން.
  • ނިންމަން ކަނޑައަޅާ މުއްދަތު  ބަޔާންކުރުން.

  އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލް

މާކްސް ދެވޭނީ އެންމެ އަވަހަށް މަސައްކަތް ފަށާ އަދި އެންމެ ކުރު މުއްދަތެއްގައި ތަން ތަޅާ ސާފުކޮށް ނިންމުމަށް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް.

މި މަސައްކަތާއި ގުޅިގެން ބޭއްވޭ މައުލޫމާތު ސެޝަން އޮންނާނީ 2025 އޮކްޓޫބަރު 28 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި އޮފީހުގައެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ހުށަހެޅުން ބަލައިގަންނާނީ 2025 ނޮވެންބަރު 4 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި އޮފީހުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

29 ރަބީޢުލްއާޚިރު 1447

21 އޮކްޓޫބަރު 2025

21 އޮކްޓޫބަރު 2025
ހޯދާ