ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ނައިފަރުގެ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ ހިންގާ ޙަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ އުޞޫލް

ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 27 ވަނަ އާންމު ޖަލްސާއިން ފާސްކޮށް 2024 ޖުލައި 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުންދާ "ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ނައިފަރު ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ ހިންގާ ޙަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ޢުސޫލް" މުރާޖަޢާކުރެވިފައިވާ ގޮތަށް ފާސްކުރުމަށް ފެންނަކަމަށް ނައިފަރު ކައުންސިލްގެ 2025 ވަނަ އަހަރުގެ 31 ވަނަ ޢާންމު ޖަލްސާއިން ނިންމާފައިވާތީ މި ޢުސޫލް އާންމުކުރީމެވެ.

ނައިފަރުގެ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ ހިންގާ ޙަރާކާތްތަކާއި ކައުންސިލްގެ ފަރާތުން އެންޑޯޒް ކުރާ ހަރަކާތްތަކަށާއި ނައިފަރު ކައުންސިލްގެ ކުޅިވަރު ކަލަންޑަރުގައި ހިމެނިގެން ނައިފަރު ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކަށް އެހީ ހޯދުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ.

21 އޮކްޓޫބަރު 2025
ހޯދާ