ދިވެހިރާއްޖެ
ރ. ދުވާފަރު ޞިއްޙީމަރުކަޒުގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މި މިނިސްޓްރީގެ ނަންބަރު IUL 23-AP/1/2015/287ފ(2015 އޮގަސްޓު 08) އިޢުލާނާ ގުޅިގެން ދޫކޮށްފައިވާ ޓެންޑަރ ޑޮކިއުމަންޓް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ރ. ދުވާފަރު ޞިއްޙީމަރުކަޒުގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ނޮވެންބަރު 02 ވާ ހޯމަ ދުވަހުގެ 13:00 އަށް ރ. ދުވާފަރު ޞިއްޙީމަރުކަޒު ނުވަތަ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ނޮވެންބަރު 08 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ރ. ދުވާފަރު ޞިއްޙީމަރުކަޒު ނުވަތަ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
14 މުޙައްރަމް 1437