މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
7ސީޓްގެ ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

7ސީޓްގެ ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކައުންސިލަށް ބޭނުންވާ 7ސީޓްގެކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އޮކްޓޯބަރ 23 ވަނަ ދުވަހުގެ 14:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް https://forms.gle/A2z3TBiFfzLrLFhk9   މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2025 އޮކްޓޯބަރ 23 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގައި އޮންނާނެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 އޮކްޓޯބަރ 27 ވަނަ ދުވަހުގެ 13:30 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށް ބަންދު ކުރެވިފައިވާ ސީޓީއުރައިގައެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުޅުވުން އޮންނާނީ ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ.

ނޯޓް: މިމަޢުލޫމާތު ޝީޓުގައި ބަޔާންވެގެންނުވާ ކަމެއްވާނަމަ އެކަމާގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމުގެ ފުރުޞަތު މިއަންދާސީ ހިސާބު ހުށައެޅުމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ހުޅުވާލެވިފައިވެއެވެ. އެހެންކަމުން، މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންގެ ޙާޟިރުގައި އެކަން ސާފުކޮށް ނިންމަވަންވާނެއެވެ. އަދި މިއިންކަމަކާ ގުޅޭގޮތުން ފޯނު ޒަރިއްޔާއިން އެއްވެސް މަޢުލޫމާތެއް ސާފުކޮށެއް ނުދެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 އޮކްޓޫބަރު 2025
ހޯދާ