މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުލުސްދޫ ކައުންސިލަށް ބޭނުންވާ ބެކޯލޯޑަރެއް ހޯދުން

އިޢުލާން

މިކައުންސިލަށް ބޭނުންވާ ބެކޯލޯޑަރެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)333/333/2025/51 އިއުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާންކުރީމެވެ.

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ބެކޯލޯޑަރެއް (3 ޓަނަށް ވުރެ ކުޑަ ނޫން) ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އޮކްޓޫބަރ 23 ވަނަ ދުވަހުގެ 14:00ގެ ކުރިން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ލިންކްގައި https://forms.gle/t4rdYcTsMhZNyJNJ7 މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2025 އޮކްޓޫބަރ 23 ވަނަ ދުވަހުގެ 11:30 ގައި މިކައުންސިލްގައި އޮންނާނެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 އޮކްޓޫބަރ 27 ވަނަ ދުވަހުގެ 14:15 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށް ބަންދު ކުރެވިފައިވާ ސީޓީއުރައިގައެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުޅުވުން އޮންނާނީ ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ.

ނޯޓް: މިމަޢުލޫމާތު ޝީޓުގައި ބަޔާންވެގެންނުވާ ކަމެއްވާނަމަ އެކަމާގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމުގެ ފުރުޞަތު މިއަންދާސީ ހިސާބު ހުށައެޅުމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ހުޅުވާލެވިފައިވެއެވެ. އެހެންކަމުން، މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންގެ ޙާޟިރުގައި އެކަން ސާފުކޮށް ނިންމަވަންވާނެއެވެ. އަދި މިއިންކަމަކާ ގުޅޭގޮތުން ފޯނު ޒަރިއްޔާއިން އެއްވެސް މަޢުލޫމާތެއް ސާފުކޮށެއް ނުދެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 އޮކްޓޫބަރު 2025
ހޯދާ