ދިވެހިރާއްޖެ
އިޢުލާން
މ.މަޑުއްވަރީ މަސްޖިދުލް ޢަމަލް މިސްކިތުންނާއި، މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ނަގާފައިވާ މިދަންނަވާ ތަކެތީގެ ނީލަންކިޔުން 30 އޮކްޓޫބަރު 2015 ވާ ހުކުރު ދުވަހުގެ 16.00 ގައި މ.މަޑުއްވަރީ ކައުންސިލްގެ އިދާރާ ކުރިމަތީ ސަރަޙައްދުގައި އޮންނާނެއެވެ.
ނީލަންފެށޭ އަގެއްގެ ގޮތުގައި ލިސްޓުގައި ބަޔާން ކޮށްފައިވާ އަގުތަކަށް ނީލަން ކިޔުމަށް ވަނީ ކައުންސިލުގެ 2015 ވަނަ އަހަރުގެ 32 ވަނަ އާންމު ބައްދަލުވުމުން ނިންމާފައެވެ. އަދި ނީލަމުން ނަންގަވާ ތަކެތި އެ ދުވަހު ގެންގޮސް ނިންމަވަން ވާނެއެވެ.
ފައިސާ ބަލައިގަތުމުގެ ކަންތައް ނީލަން ކިޔާ ތަނުގައި އެގަޑީގައި، ކައުންސިލްގެ އިދާރާ ހުޅުވާ ދުވަހު ކައުންސިލްގެ އިދާރާއިން ބަލައި ގަންނާނެއެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން މި ދެދުވަހު ފައިސާ ދައްކަވައި ނިންމަވަންވާނެއެވެ.
ވީމާ މިކަން އާންމުކޮށް އަންގައި އިޢްލާން ކުރީމެވެ.
ނީލަމަށް ފޮނުވޭ ތަކެތީގެ ތަފުސީލު
# |
މަސްޖިދުލް ޢަމަލް މިސްކިތުން ނީލަމަށް ފޮނުވޭ ތަކެތީގެ ތަފުސީލު |
ފައިސާ |
|
04 |
ފަންކާ އުޝާ 20" އިންޗީގެ ( ތަށިނެތް ) ރަނގަޅަށް އެބުރޭ. ފެށޭ އަގު ފަންކާއެއް |
= |
30ރުފިޔާ |
02 |
ފަންކާ އުޝާ 24" އިންޗީގެ ( ތަށިނެތް ) ރަނގަޅަށް އެބުރޭ. ފެށޭ އަގު ފަންކާއެއް |
= |
30ރުފިޔާ |
06 |
ލަކުޑި ކުޑަދޮރު 4 ކަނީގެ 65"× 65" އިންޗީގެ 11 ބްލެޑް އެލްމެނިއަމް ލޫވަ، ބިއްލޫރިއާއެކު (ބޮއި ފީވެފަ) ފެށޭ އަގު ދޮރެއް |
= |
40ރުފިޔާ |
02 |
ލަކުޑި ކުޑަދޮރު 2 ކަނީގެ 29"× 65" އިންޗީގެ 11 ބްލެޑް އެލްމެނިއަމް ލޫވަ، ބިއްލޫރިއާއެކު (ބޮއި ފީވެފަ) ފެށޭ އަގު ދޮރެއް |
= |
40ރުފިޔާ |
# |
މ.މޑުއްވަރީ ކައުންސިލްގެ އިދާރާއިން ނީލަމަށް ފޮނުވޭ ތަކެތީގެ ތަފުސީލު |
ފައިސާ |
|
03 |
ސީ.ޕީ.ޔޫ (އޭސަރ) ހާރޑް ނަގާފައި (ކަރަންޓް ނުލިބޭ) ފެށޭ އަގު ސީ.ޕީ.ޔޫ އެއް |
= |
60ރުފިޔާ |
02 |
ސީ.ޕީ.ޔޫ (އީމެޝިން) ހާރޑް ނަގާފައި (ކަރަންޓް ނުލިބޭ) ފެށޭ އަގު ސީޕީޔޫއެއް |
= |
60ރުފިޔާ |
01 |
ލަކުޑި ކުޑަދޮރު 3 ކަނީގެ 41" 66" އިންޗީގެ ފެންލައިޓްގެ 10 ގަނޑު ބިއްލޫރިއާއެކު. (ފެށޭ އަގު) |
= |
25ރުފިޔާ |
01 |
ފޮޓޯ ކޮޕީ މެޝިން " ތޮށިބާ " 1560 (ހަލާކުވެފައި) ފެށޭ އަގު |
= |
200ރުފިޔާ |
01 |
އޮފީސް މޭޒް 27" 65" އިންޗީގެ 2 ވަތްގަނޑުލީ (ތިރިބައި ހަލާކުވެފައި) ފެށޭ އަގު |
= |
30ރުފިޔާ |
08 މުޙައްރަމް 1437