އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - "އައްޑޫ ޓޫރިޒަމް އެވޯޑްސް 2025" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން

އިޢުލާން

"އައްޑޫ ޓޫރިޒަމް އެވޯޑްސް 2025" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން

        އައްޑޫސިޓީގެ ފަތުރުވެރިކަން ކުރިއަރުވައި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކިފަރާތްތަކުގެ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ފުރަތަމަ ފަހަރަށް "އައްޑޫ ޓޫރިޒަމް އެވޯރޑްސް 2025" ގެ ނަމުގައި އެވޯޑު ދިނުމުގެ ޙަފްލާއެއް 15 ނޮވެމްބަރ 2025 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

        އެވޯޑު ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކުގެ ތަފްސީލު އަދި ނަން ހުށައަޅާ ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

        ވީމާ، މި އެވޯޑުތަކަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 އޮކްޓޫބަރ 2025 ދުވަހުގެ 12:00 ކުރިން އިޢުލާނާއެކުވާ ގޫގުލް ފޯމު ފުރުއްވުމަށްފަހު ހުށައެޅުމަށް ޢާއްމުކޮށް އިޢުލާން ކުރީމެވެ.

ގޫގުލް ފޯމު ލިންކް: https://docs.google.com/forms/d/e/1FAIpQLSf-EKcED5XGj27s9__VDaHrq-gnNV6dnqf_bI9Pxq_kvzPcvA/viewform?usp=header

         "އައްޑޫ ޓޫރިޒަމް އެވޯޑްސް 2025 އާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ މެއިލް: [email protected] މެއިލް ކުރެއްވުން އެދެމެވެ.

28 ރަބިޢުލްއާޚިރު 1447

20 އޮކްޓޫބަރ 2025

20 އޮކްޓޫބަރު 2025
ހޯދާ