ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު.
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން މިރަށުގައި ބަށިކޯޓެއް އެޅުމަށް ހަމަޖެހިފައިވާ ވާހަކަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ނަންބަރު: PSIP/278/2015/6-ފ141 ސިޓީން މިއިދާރާއަށް ވަނީ އަންގަވާފައެވެ.
ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއި، ކުރެހުމާ އެއްގޮތަށް ބަށިކޯޓެއް އަޅައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ނޮވެންބަރު 10 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ނޮވެންބަރު 15 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
12 މުޙައްރަމް 1437