ދިވެހިރާއްޖެ
ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޭނުމަށް، މަސައްކަތު ސައިޓެއްގެ ގޮތުގައި ރަށުގައި މިހާރު ބޭނުންކުރަމުންދާ ނަރުދަމާ ނިޒާމުގެ އިރުން 29 މީޓަރު އަދި އުތުރުން 22 މީޓަރު އޮތް ސަރަހައްދު ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަނަށް ދޫކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.
ވީމާ، މިސަރަހައްދުގައި އާއްމު އެއްވެސްފަރާތެއްގެ މުދަލެއް ހުރިނަމަ 23 އޮކްޓޯބަރު 2025 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސުމުގެ ކުރިން ނަގާ ސާފުކުރުމަށް ދަންނަވަމެވެ. މި މުއްދަތުގައި ނުގެންދަވާ ތަކެތި ނައްތާލެވޭނެކަމުގައި ދަންނަވަމެވެ. އަދި މިގޮތުން ނަގާތަކެތި ގެންދަންވާނީ އެގެއަކަށް ރުއްއިންދުމަށް ދޫކުރެވިފައިވާ 2 ވަޅު ކައިރިއަށެވެ. އަދި ގެންދެވޭ އެއްވެސް އެއްޗެއް މަގު ބޭނުންކުރަން ދަތިވާގޮތަށް ބެހެއްޓުމަކީ މަނާ ކަމެއްކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
 
                    